Nolhivaram Health Centre

Nolhivaram Health Centre The official page of Nolhivaram Health Centre

ނޮޅިވަރަމް ޕްރީސްކޫލްގެ ބޭބީ ނާސަރީ އަދި ނާސަރީގެ 70 ވަރަކަށް ދަރިވަރުން މިއަދު (21 މޭ 2026) ވަނީ އަޅުގަނޑުމެންގެ މި މަރ...
21/05/2026

ނޮޅިވަރަމް ޕްރީސްކޫލްގެ ބޭބީ ނާސަރީ އަދި ނާސަރީގެ 70 ވަރަކަށް ދަރިވަރުން މިއަދު (21 މޭ 2026) ވަނީ އަޅުގަނޑުމެންގެ މި މަރުކަޒަށް ތަޢުލީމީ ޒިޔާރަތެއް ކޮށްފައެވެ.

މި ޒިޔާރަތަކީ އެކުދިންގެ "People Who Help Us" ފިލާވަޅާ ގުޅުވައިގެން، ޞިއްޙީ މަރުކަޒުން ފޯރުކޮށްދޭ ޚިދުމަތްތަކާއި، ބަލިމީހުންނަށް އެހީތެރިވުމުގައި އަޅުގަނޑުމެން ކުރާ މަސައްކަތްތައް ދަރިވަރުންނަށް ދައްކާލުމަށް ކުރެވުނު ޒިޔާރަތެކެވެ.

މުސްތަޤްބަލުގެ މި ކުޑަކުޑަ ޑޮކްޓަރުންނާއި ނަރުހުންގެ ހިނިތުންވުންތަކުން މިއަދު މުޅި މަރުކަޒަށް ވަނީ އިތުރު އުފާވެރިކަމެއް ލިބިފައެވެ. މިފަދަ ތަޢުލީމީ ފުރުޞަތެއް ކުދިންނަށް ހޯދައިދެއްވި ކަމަށްޓަކައި ނޮޅިވަރަމް ޕްރީސްކޫލަށް ޝުކުރު ދަންނަވަމެވެ. ❤️👩‍⚕️👨‍⚕️

19/05/2026
ނަރުހުންގެ ހަފްތާ ފާހަގަކުރުމުގެ ގޮތުން، ނޮޅިވަރަމް ޞިއްޙީ މަރުކަޒުގެ ނަރުހުން  އިއްޔެ (13 މޭ 2026 ) ވަނީ ރަށުގެ ދުވަސްވ...
14/05/2026

ނަރުހުންގެ ހަފްތާ ފާހަގަކުރުމުގެ ގޮތުން، ނޮޅިވަރަމް ޞިއްޙީ މަރުކަޒުގެ ނަރުހުން އިއްޔެ (13 މޭ 2026 ) ވަނީ ރަށުގެ ދުވަސްވީ ބަލިމީހުންގެ ގާތަށް "އިޙްތިރާމުގެ ޒިޔާރަތެއް" ކޮށްފައެވެ.

އޯގާތެރިކަމާއެކު ހަދިޔާ ބަދަލުކޮށް، ބަލިމީހުންގެ މޫނުމައްޗަށް އުފާވެރިކަން ގެނެސްދިން މި ޒިޔާރަތަކީ ނަރުހުންގެ ޚިދުމަތުގައި ހިމެނޭ އިންސާނީވަންތަކަމާއި ލޯބި ރަމްޒުކޮށްދިން ހަރަކާތެކެވެ.
Ministry of Health
HPA - Maldives
Maldivian Nurses Association
The President's Office

ނަރުހުންގެ ހަފްތާ ފާހަގަކުރުމަށް ނޮޅިވަރަމް ޞިއްޙީމަރުކަޒުން ކުރިއަށްގެންދިޔަ ޚާއްޞަ ސެޝަން! 🩺✨މި ސެޝަންގައި އުމުރުން 15...
12/05/2026

ނަރުހުންގެ ހަފްތާ ފާހަގަކުރުމަށް ނޮޅިވަރަމް ޞިއްޙީމަރުކަޒުން ކުރިއަށްގެންދިޔަ ޚާއްޞަ ސެޝަން! 🩺✨

މި ސެޝަންގައި އުމުރުން 15-25 އަހަރާ ދެމެދުގެ 28 ކަނބަލުން ބައިވެރިވެ، 'ޕޮލިސިސްޓިކް އޯވަރިއަން ސިންޑްރޯމް' (PCOS) އާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ވަނީ ހިއްސާކުރެވިފައެވެ. 🌸

އަމާޒަކީ ދުޅަހެޔޮ، ހޭލުންތެރި ޖީލެއް ބިނާކުރުން.
Ministry of Health
HPA - Maldives
Maldivian Nurses Association
The President's Office

ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހުގެ އިޚްލާޞްތެރި ހެޔޮ އެދުމާއި ތަހުނިޔާ ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައ...
12/05/2026

ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހުގެ އިޚްލާޞްތެރި ހެޔޮ އެދުމާއި ތަހުނިޔާ ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރައްވާ އެންމެހާ ނަރުހުންނަށް އަރިސްކުރަން! 🩺❤️

🌟 ދުނިޔޭގެ ނަރުހުންގެ ދުވަސް 2026: ހާއްސަ ހޭލުންތެރިކުރުވުމުގެ ސެޝަން 🌟ދުނިޔޭގެ ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން،...
10/05/2026

🌟 ދުނިޔޭގެ ނަރުހުންގެ ދުވަސް 2026: ހާއްސަ ހޭލުންތެރިކުރުވުމުގެ ސެޝަން 🌟

ދުނިޔޭގެ ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މި ސިއްޙީ މަރުކަޒުގެ ފަރާތުން އާންމުން ހޭލުންތެރިކުރުވުމަށް ހާއްސަ މަޢުލޫމާތު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ އަންހެނުންނަށް ދިމާވާ ސިއްޙީ މައްސަލައެއް ކަމަށްވާ "ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް" (PCOS) އާ ގުޅޭގޮތުންނެވެ.

📍 ބައްދަލުވުމުގެ ތަފްސީލް:

ބައިވެރިވެވޭނެ ފަރާތްތައް: 15 އަހަރާއި 25 އަހަރާއި ދެމެދުގެ އަންހެން ބޭފުޅުން.
ތާރީޚް: 11 މެއި 2026 (ހޯމަ ދުވަސް)
ގަޑި: މެންދުރުފަހު 14:00 ގައި
ތަން: ނޮޅިވަރަމް ސްކޫލް ހޯލް
މި ސެޝަނަކީ ދިރިއުޅުމުގެ އާދަކާދަތަކާއި ސިއްޙަތާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރެވޭނެ ބައްދަލުވުމަކަށްވާތީ، ވީހާވެސް ގިނަ ކަނބަލުން މި ފުރުސަތުގެ ބޭނުން ހިއްޕަވައި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެކެވެ.
of Health
Government Of Maldives
The President's Office
HPA - Maldives

މި އަހަރުގެ ތެލެސީމިއާ ދުވަސް ފާހަގަކުރުމަށް އަޅުގަނޑުމެން ކުރިއަށް ގެންދިޔަ ޚާއްޞަ ހަރަކާތްތައް:📚 ހޭލުންތެރިކަން: ނޮޅިވ...
10/05/2026

މި އަހަރުގެ ތެލެސީމިއާ ދުވަސް ފާހަގަކުރުމަށް އަޅުގަނޑުމެން ކުރިއަށް ގެންދިޔަ ޚާއްޞަ ހަރަކާތްތައް:

📚 ހޭލުންތެރިކަން: ނޮޅިވަރަމް ސްކޫލްގެ ގްރޭޑް 9 ގެ ދަރިވަރުންނަށް ތެލެސީމިއާއާ ބެހޭ މުހިންމު މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުން.

🎁 އޯގާތެރިކަން: ތެލެސީމިއާ ބަލި ތަޙައްމަލު ކުރަމުންދާ ކުދިންގެ ގާތަށް ޒިޔާރަތްކޮށް، ހަދިޔާ ދީ އެކުދިންގެ މޫނުމައްޗަށް އުފާވެރިކަން ގެނެސްދިނުން.

އަޅުގަނޑުމެންގެ އަމާޒަކީ އަޅާލުމާއި ލޯބިން ފުރިގެންވާ ހޭލުންތެރި މުޖުތަމަޢެއް! ❤️🩸

Ministry of Health
HPA - Maldives
The President's Office

Address

Ameenee Magu
Hdh. Nolhivaran
02080

Opening Hours

Monday 00:00 - 12:00
Tuesday 00:00 - 12:00
Wednesday 00:00 - 12:00
Thursday 00:00 - 12:00
Friday 00:00 - 12:00
Saturday 00:00 - 12:00
Sunday 00:00 - 12:00

Website

Alerts

Be the first to know and let us send you an email when Nolhivaram Health Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.


Parse error: syntax error, unexpected '}', expecting end of file in /home/multisite/volt/findhealthclinics/%%home%%multisite%%apps%%geosite%%views%%unify01%%partials%%item_sidebar.volt.php on line 287