07/01/2026
މިއަދުގެ މިކާމިޔާބީގައި، ދަރުމަވަންތަ ހޮސްޕިޓަލުގެ ޓީމަށާއި، ނޭޝަނަލް ފާޓިލިޓީ ސެންޓަރުގެ އެންމެހައި މުވައްޒަފުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު، ހުޅުމާލެ ހޮސްޕިޓަލުގެ ފަރާތުން މަރުހަބާ އާއި ތަހުނިޔާ އަރިސްކުރަން. މިއީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް) ގެ މުޅި އާއިލާ ފަޚުރުވެރިވާ ފަދަ ތާރީޚީ ކާމިޔާބީއެއް. މިއީ އޯގާތެރިކަމާއެކު، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ރަމްޒެއް. 15 ނޮވެމްބަރު 2024 ގައި ނޭޝަނަލް ފާޓިލިޓީ ސެންޓަރު ހުޅުވި، އައި.ވީ.އެފް (IVF) ގެ ޚިދުމަތް ރާއްޖޭގައި ހިލޭ ލިބޭނެ މަގު ފަހިވެގެން ދިޔުމަކީ، ދަރިމައިވުމުގެ ފަރުވާ ތަހައްމަލުކުރާ އެތައް އާއިލާތަކެއްގެ މާލީ އަދި ނަފްސާނީ ތަކުލީފުތަކަށް ލިބިގެންދިޔަ ބޮޑު ތަސައްލީއެއް.
އެމް.ސީ.ޖީ.އެޗް އެއް އާއިލާއެއްގެ ގޮތުގައި، ދުޅަހެޔޮ އާއިލާތަކެއް ބިނާކޮށް ޤައުމަށް އުޖާލާ މުސްތަޤުބަލެއް ހޯދައިދިނުމުގައި ޚިދުމަތް ކުރުމަކީ އަޅުގަނޑުމެނަށް ލިބޭ ނުހަނު ބޮޑު ޝަރަފެއް.
މާތްﷲ މި ޚިދުމަތާއި، މިކަމުގައި ހަރަކާތްތެރިވާ އެންމެހައި ޓީމުތަކަށް ބަރަކާތް ލައްވައި، މި ޚިދުމަތުގެ ސަބަބުން އާއިލާތަކުގެ ހުވަފެންތަކުގައި ކުލަޖެހި، އުފާވެރިކަން މިންވަރުކުރައްވާށި. އާމީން.
ދަރުމަވަންތަ ހޮސްޕިޓަލުގެ ނެޝަނަލް ފަރޓިލިޓީ ސެންޓަރުގެ ފަރާތުން އުފާވެރި ޚަބަރެއް!