
12/09/2024
މެޕް ޕްރޮޖެކްޓްގެ ދަށުން ދަނޑުވެރިކަމުގެ ވިޔަފާރިވެރިންގެ ރަޖިސްޓްރީއެއް އެކުލަވާލުމަށްވަނީ ހަމަޖެހިފައެވެ. މިރަޖިސްޓްރީގެ ޒަރީއާއިން ރާއްޖޭގައި ދަނޑުވެރިކަމުގެ ވިޔަފާރީގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ޑޭޓާބޭސްއެއް ޤާއިމްކުރެވިގެން ދާނެއެވެ. އަދި ޕްރޮޖެކްޓްގެ ތެރެއިން، މި ދެންނެވި ދަނޑުވެރި ވިޔަފާރިތަކުގެ ރަޖިސްޓްރީގެ އަލީގައި، ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވައިދެވި، އަދި ވިޔަފާރީގެ މުޢާމާލާތު ކުރެވޭނެ ޕްލެޓްފޯމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.
ޝައުގުވެރިވާ ފަރާތްތަކުން ނަމާއި، ގުޅޭނެ ނަމްބަރާއި އަދި އީމެއިލް އެޑްރެސް map@agriculture.gov.mv އަށް ފޮނުއްވާދެއްވުން އެދެމެވެ.
https://gazette.gov.mv/iulaan/307664 Ministry of Agriculture and Animal Welfare
ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވައިދިނުން