06/11/2023
މަރްޔަމް އައުޝާ އަޙްމަދުގެ ދެފަރާތުގެ އާއިލާއާއި ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއި އެކު އައުޝާގެ ބޭސްފަރުވާއަށް "ބުމްރުންގްރާޑް ހޮސްޕިޓަލް" އަށް ދެއްކުމަށް 08 ނޮވެމްބަރު 2023 ގައި ބެންގކޮކަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. މަރްޔަމް އައުޝާގެ ބޭސްފަރުވާއަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވައި އައުޝާއަށް ހެޔޮއެދޭ ހުރިހާ ފަރާތްތަކަށް އައުޝާގެ އާއިލާގެ ފަރާތުން ޝުކުރުދަންނަވަމެވެ. ހާއްސަކޮށް އައުޝާގެ ބޭސްފަރުވާއަށް އެހީތެރިވެދެއްވި މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާގެ ރައީސް ، ކައުންސިލް މެމްބަރުން ، އ.ތ.މ.ކޮމެޓީ އަދި ކައުންސިލް އިދާރާގެ މުވައްޒަފުންނާއި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ށ.ގޮއިދޫގެ ރައްޔިތުންނަށް އައުޝާގެ ބައްޕަ އަޙްމަދު ނަސީމް އާއި މަންމަ އާމިނަތު އަފްރާ އަދި އައުޝާގެ އާއިލާގެ ފަރާތުން ނުހަނު އިހުލާސްތެރިކަމާއި އެކު ޝުކުރުދަންނަވަމެވެ. 🫶
ކުރެވޭ ކިތަންމެ ކުޑަ ސަދަގާތަކީ ތިބާއަށް ދެދުނިޔޭގައިވެސް އެކަމުގެ އަޖުރު ލިބޭނެކަމެއްކަމުގައިވެއެވެ.
މަރްޔަމް އައުޝާ އަޙްމަދުއަށް އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ސަވާބާއި ދަރުމަ އިތުރުކޮށް ދެއްވާށި 🤲
أمين
Secretariat of the North Miladhunmadulu Goidhoo Council
Ahmed Naseem
Aiminath Afra